Thursday, September 30, 2010

އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް
 
 
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ވަރަށް މަތިވެރި ޙިކްމަތްތެރި ކަންތައްތަކެއްގެ މައްޗަށެވެ. ސަބަބަކީ އެޝަރީޢަތް ބާވާލެއްވި ފަރާތަކީ ޙަކީމްވަންތަ އިލާހުކަމަށްވާތީވެއެވެ. އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ފައިދާއެއް ލިބެނިވި ކޮންމެ ކަމެއް ކުރުމަށް އިސްލާމްދީން ގޮވާލައްވާފައިވެއެވެ. އަދި އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ގެއްލުން ދެނިވި ކޮންމެ ކަމަކުނ ދުރުހެލިވެ ރައްކާތެރިވުމަށްވެސް ގޮވާލައްވައެވެ. އެހެންކަމުން ޟަރޫރީ ފަސް ކަމަކަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. އެއީ ދީން ރައްކާތެރިކުރުމާއި، ނަފްސު ރައްކާތެރިކުރުމާއި، ބުއްދި ރައްކާތެރިކުރުމާއި، ނަސްލު ރައްކާތެރިކުރުމާއި، މުދާ ރައްކާތެރިކުރުމެވެ. މި ފަސްކަންތަކަށް ރައްކާތެރިވެގެން މެނުވީ އިންސާނާގެ ޙަޔާތް ބާއްޖެވެރި ނުވާނެއެވެ. މިއީ އިސްލާމްދީނުގައި އިންސާނުންނަށް ދެއްވާފައިވާ ޙައްގުތަކެކެވެ.

ސުރުޚީއެއްނެތި
  

 ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ވިފަހުން، މަަދަނީ ޖަމްޢިއްޔާތަކުގެ މުހިންމުކަމުގެވާހަކަ ވަރަށްގިނައިން ދެކެވެއެވެ. ބައެއްބޭފުޅުން ވިދާޅުވަނީ ޑިމޮކްރަސީއެއް ހަރުދަނާވުމުގައި މަދަނީ ޖަމްޢިއްޔާތަކަކީ ވަރަށް މުހިންމުދައުރެއް އަދާކުރާ ބައެއްކަމުގައެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މަދަނީ ޖަމްޢިއްޔާތަކަކީ ޤައުމެއްގެ ތަރައްޤީގައި ވަރަށްމުހިންމު ދައުރެއް އަދާކުރާ ބައެއްކަމުގައެވެ. ހަމަމިއާއިއެކު ޖުތަމަޢްގައި ހިނގާ ނޭދެވޭ އެކިއެކި ކަންތައްތައް ހައްލުކުރުމުގައި އެންމެ މުހިންމުދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ޤައުމުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކެވެ. ކޮންމެއަކަސް ހުރިހާމީހުންވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ މަދަނީ ޖަމްއިއްޔާތަކަކީ ޤައުމަށް ވަރަށް ބޭނުންތެރި ބައެއްކަމެވެ.

Friday, September 10, 2010

Thursday, September 2, 2010

އަންހެނުންގެ ޙައްޤުތައް

އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުން ދޭހަވަނީ އަންހެނުންނަކީ މުޖުތަމަޢުގައި ދިރިއުޅޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންފަދަ ބައެއްކަމެވެ. އެހެންނަމަވެސް އަޅުގަޑަށް ޤަބޫލުކުރެވޭ ގޮތުގައި އެކަނބަލުންނަކީ އެފަދަ ބައެއްނޫނެވެ. އެއަށްވުރެން މާގަދަރުވެރި ބައެކެވެ. މުޖުތަމަޢުގެ އެއްބައެވެ. ފިރިހެނުންނެކޭވެސް އެއްފަދައިންނެވެ. އަމުދުން ދިވެހިރާއްޖެފަދަ ޖިންސީތަފާތުކުރުންނެތް މުޖުތަމައެއްގައި މިފަދަ ދުވަހެއްފާހަގަ ކޮށްގެން އެކަނބަލުންގެ ކަރާމާތަށް ހުތުރުއަރުވާކަށް ނުވާނެއެވެ. ދިވެހިރާއްޖޭގައިވަނީ އެކަނބަލުންނަށް ހުރިހާ ޙައްޤެއްލިބިދީފައެވެ.