Sunday, August 29, 2010


ކުންޔާ
މުސްލިމުންގެ ކޮންމެ ކަމެއްގައި ވެސް، ޝަރީޢަތުގައި ކަން އޮތްގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އަދި އެގޮތަކަށް ޢަމަލު ކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މިގޮތުން މިފަހަރު މި ބަލައިލަނީ "ކުންޔާ" އާއި ބެހޭ ގޮތުންނެވެ. އެހެންކަމުން ކުންޔާ އާއި ގުޅުން ހުރި ބައެއް ޙުކުމްތައް ބަޔާން ކުރެވޭތޯ ބަލާނަމެވެ. ﷲ ތަޢާލާ ވާގިދެއްވާށިއެވެ. އާމީން.
-    ކުންޔާ އަކީ ނަމުގެ ކުރިޔަށް "އަބޫ" ނުވަތަ "އުންމު" ހިމެނިގެންވާ ނަންތަކެވެ.
-    ކުންޔާ އަކީ މީހަކަށް މާތްކޮށް ހިތުމުގެ ގޮތުން ބޭނުން ކުރެވޭ އެއްޗެކެވެ. ލަގަބާއި ތަފާތުކޮށްނެވެ.

Friday, August 20, 2010


މަޖިލީހުގައި އިސްލާމްދީނުގެ ޢިލްމުވެރިން ތިބެންޖެހެއެވެ.

ކަމެއް އެންމެރަގަޅަށް ކުރެވޭނީ އެކަމެއްގެ ފަންނުވެރިންނަށެވެ. އެކަމެއްގެ ޢިލްމާއި ހުނަރު ހުންނަމީހުންނަށެވެ. މަތިންދާބޯޓު ދުއްވުމުގެ ޢިލްމުނެތް، ދަނޑުވެރިއަކަށް މަތިންދާބޯޓު ދުއްވާކަށް ނޭގޭނެއެވެ. އަދި މަތިންދާބޯޓު ދުއްވާމީހަކަށް މަސްއައިނަކަށްއަރާ ދޮށިއަޅާކަށް ނޭގޭނެއެވެ. ކޮންމެ ކަމަކީވެސް ތަފާތު ފަންނެކެވެ. ތިމާއަށްނޭގޭ ކަމެއްކުރަން އުޅެންހަދައިގެން ކިތަންމެބޮޑު ގޯހެއްވެސް ހެދިދާނެއެވެ.

Wednesday, August 18, 2010

އެމްޑީޕީގެ ވައުދުތައް _ ކަދުރު ޢަލީގެ ނަދުރަށް !


" މީހަކު ކަދުރު އިހަލެއް ކަނޑާލަން ކަދުރު ރުކަކަށް އަރައިފިއެވެ. ވަރަށް ފަސޭހައިން އެރުކަށްއެރިއްޖެއެވެ. އިހާ ކަނޑާލުމަށްފަހު، ފައިބަންވެގެން ތިރި ބަލައިލިއިރު ކަމަކުދާކަށްނެތެވެ. މިއޮވެވުނީ މާމަތީގައެވެ. ބިންގަނޑު މިއޮތީ މާތިރީގައެވެ. ގަތްބިރެއް ބުނާންވެސް ނޭގުނެވެ. އިރުކޮޅަކުން ތުރުތުރުއަޅާން ފަށައިފިއެވެ. އޮބިއޮންނަވަރެއްވެސް ނޫނެވެ.

Monday, August 16, 2010

ހިއުމަންރައިޓްސް

އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި ލިބިދީފައިވަނީ އިސްލާމްދީނަގައެވެ. ނަމަވެސް އިސްލާމްދީން ޤަބޫލުނުކުރާ މީހުނަށް، އެބައިމީހުން ޤަބޫލުކުރާ ބާޠިލްދީން ތަކަގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކޮށްދީފައި ނުވާތީ، އެކަމަށްޓަކައި އެހެން ކޮންމެވެސް ވަޞީލަތެއް ހޯދަން މަޖުބޫރު ވެއެވެ. މިގޮތުން އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ނަމުގައި ތަފާތު ޖަމްޢިއްޔާތައް މިހާރުދަނީ ހިންގަމުންނެވެ. މިފަދަ ޖަމްޢިއްޔާތަކުން ހޯދައިދޭން މަސައްކަތް ކުރާ މައިގަނޑު ޙައްޤަކީ އެމީހަކު ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަން ލިބިދިނުމެވެ. އިންސާނާ ހައްދައި ގެންގުޅުއްވާ ފަރާތަށް އުރެދުމުގެ ޙައްޤެވެ

Thursday, August 12, 2010

އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ


( ނޯޓް: މަތީގައި އެވަނީ ފުވައްމުލަކު ސްކޫލްގެ ބޭރު ޓީޗަރަކު ދަރިވަރުންނަށްދިން ޓެސްޓް ޕޭޕަރެކެވެ.)
އަޅުގަޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ މާތްﷲއަށް
އަޅުކަންކުރުމަށެވެ. އަދި ދުނިޔެ ތަޢްމީރު ކޮށްގެން އެކަނލާގެއަށް އަޅުވެތިވެ އުޅޭޙާލު ބިމުގައި ދިރިއުޅުމަށެވެ. އަޅުގަޑުމެންނީ މިބިމުގައި އެކަނލާގެ ލައްވާފައިވާ ޚަލީފާއިން ތަކެކެވެ. އެކަނލާގެ އަންގަވާގޮތަކަށް މިބިމުގައި ކަންތައްތައް ރާވާ ހިންގަން ތިބި އެކަނލާގެ އަޅުން ތަކެކެވެ.

Wednesday, August 11, 2010


 އަންނިގެ ވުވުޒެލާ
  

ބާރުތައް ވަކިކުރެވިފައިވާ މަލްޓިޕާޓީ ޑިމޮކްރަސީ އެއް ދިވެހިރާއްޖެއަށް ގެންނަން އެންމެގަދައަށް މަސައްކަތް ކުރިބަޔަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންންނެވެ. ތިންބާރު ވަކިކުރާ ސަރަހައްދުގެ ނަމުގައި، މާލޭގެ ވަކިސަރަހައްދަކަށް ނަންދިނީވެސް އެމްޑީޕީ މީހުންނެވެ. އަދި ތިންބާރުވަކި ކުރުމަށް ގޮވާލާ އެތަކެއް އެއްވުން ބާއްވާފައި ވެއެވެ. ހަމަ އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ.

Friday, August 6, 2010



އައިޖީއެމްއެޗް އެޕޯލޯއަށް : ބަލިމީހާ ތިރުވަނަންތަޕޫރަމަށް

ކިރިޔާވެސް އެކަށީގެންވާ ފެންވަރެއްގެ ޞިއްޙީ ފަރުވާއެއްދެވޭ ތަނަކަށް ދިވެހިރާއްޖޭގައިހުރީ ހަމައެކަނި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލެވެ. އެތަނުން ފަރުވާލިބިގަތުން ވެފައިވަނީ ދަތިއުނދަގޫ ކަމަކަށެވެ. ނަމްބަރެއް ނުލިބިގެން، ދައްކަންބޭނުންވާ ޑޮކްޓަރަށް ނުދެއްކިފައި ހަފްތާ، ދެހަފްތާވެސް ވެއެވެ. ބަލިމީހާ ބަލިހާލުގައެވެ.

Wednesday, August 4, 2010

ރަމަޟާން މަހާއި އިސްތިގްބާލު ކުރާނީ ކިހިނެއް؟


މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވައެވެ. އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.

Tuesday, August 3, 2010

ރިޝްވަތު
އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަމެކެވެ. ރިޝްވަތުދެވެނީ ޙައްގު ގޮތް ބާޠިލްކޮށް، ނުވަތަ ބާޠިލް އެއްޗެއް ޙައްގު އެއްޗެއްކަމުގައި ހެދުމަށް، ނުވަތަ މީހަކަށް އަނިޔާވެރިވުމަށް ކަމަށްވަނީނަމަ ޙަރާމްކަން އިތުރަށް ބޮޑުވެގެންދެއެވެ.

Sunday, August 1, 2010


 އެމް.އެން.ބީ.ސީ ؟

މިނިވަން މީށިއާއަކީ ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަމުގައި ބުނާތީ އަޑުއަހަމެވެ. މައުމޫނުގެ ދައުރުގައި ދިވެރާއްޖޭގެ މީޑިއާ ސަރުކާރުގެ މުށުތެރޭގައި އޮންނާތީ އެކަމާއި ދެކޮޅަށް އެންމެބާރަށް އަޑުއުފުލި ބަޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމް.ޑީ.ޕީ ) އެވެ. ޚާއްޞަކޮށް އެޕާޓީގެ އޭރުގެ ޗެއަރމަން މުޙައްމަދު ނަޝީދު އެވެ. އޭރު އަބަދުވެސް އަޑު އިވެނީ އިދިކޮޅު ފަރާތްތަކަށް ދައުލަތުގެ މީޑިއާއިން ފުރުޞަތު ނުލިބޭތީ، އެކަމާއި ކުރެވޭ ޝަކުވާގެ އަޑެވެ.