Friday, July 30, 2010

މާނަކުރުން
" ނިންދަވާށޭ ތިލޯބީގެ ދާނުގައި، ޖިސްމުރޫހީ އުފާވާ ހިސާބުގައި. " މިއީ މަޝްހޫރު ލަވަކިއުންތެރިޔާ ނައިފަރު ދޮހޮއްކޮ ކިޔާފައިވާ ލަވައެއް، ނުވަތަ ޅެމެއްގެ ތަންކޮޅެކެވެ. ޅެމުގެ މާނައޮންނާނީ ޝާޢިރުގެ ބަނޑުގައި ކަމަށް ދިވެހިން ބުނެއުޅެއެވެ. ނަމަވެސް ދިވެހިބަހުން އޮންނައެއްޗެއްގައި ބުނާއެއްޗެއް ދިވެހިންނަށް އެނގޭނެއެވެ. ފަހަރެއްގައި ޅެންވެރިޔާ ބޭނުންކޮށްފައިވާ މާނަނޫން މާނައެއް ދޭހަވެދާނެއެވެ. މިސާލަކަށް ޖިސްމުރޫހީ އުފާވާ ހިސާބުކަމަށް ޅެންވެރިޔާ ހިތުގައި އޮތީ ކިހާހިސާބެއްކަން ނޭގިދާނެއެވެ.

Tuesday, July 27, 2010

ދިވެހިރާއްޖޭގެ 45 ވަނަ މިނިވަން ދުވަސް
" 1 _ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އާދަކާދައިގެ މަތީން އިސްވެ ވަޑައިގަތް ރަސްކަލަކު ދިވެހިރާއްޖޭގެ ރަދުންކަމުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ޤަބޫލުކުރާނެއެވެ.
2 _ ދިވެހިރާއްޖެ ދެމިގެންއަންނާނީ، އިނގިރޭސި ރާޖާގެ ހިމާޔަތްތެރިކަމުގެ ދަށުގައެވެ. ފަހެ ދުޝްމިނުންގެ ހަމަލައިން، ދިވެހިރާއްޖޭގެ ރަށްތައް ރައްކައުތެރި ކުރުމަށްޓަކައި އެޅުމަށް ބޭނުން ހުރިހާ ފިޔަވަޅުތަކެއް އިނގިރޭސި ދައުލަތުގެ ބާރުފޯރާ، އެންމެ މަތިވެރި ދަރަޖައަކަށް، އެދައުލަތުން ހުރިހާ ވަގުތެއްގައިމެ އަޅަންވާނެއެވެ

 އިތުރު އަނބިންނާއި އިނުމުގެ ޙިކުމަތް
އޭ އުޚްތާއެވެ. ތިބާގެ އަމިއްލަ ނަފްސަށާއި ފިރިމީހާ އަށް އަނިޔާވެރި ނުވާށެވެ.
ފިރިހެނަކަށް ހަތަރު އަނބިން އެއްފަހަރާ ގެންގުޅުމަކީ އިސްލާމްދީނުގައި ހުއްދަ ދެއްވާފައިވާ ކަމެކެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. " ޔަތީމުންނާއި މެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ބިރުގެންފިނަމަ އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްހަމަޖެހޭ ބަޔަކާ ކާވެނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ. ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ ބައެކެވެ. އެގޮތް ތިޔަބައި މީހުން ޙައްގުމަގުން އެއްކިބާ ނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ". (ސޫރަތުއް ނިސާގެ 3 ވަނަ އާޔަތް).

Sunday, July 25, 2010

 ދަރިން ތަރުބިއްޔަތު ކުރުން
އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތުކުރުން
އިސްލާމީ ތަރްބިއްޔަތުގެ މުހިންމުކަން
ޝައްކެތްނެތް ގޮތުގައި ތަރްބިއްޔަތެއް ދިނުމަކީ އުނދަގޫ ކަމެކެވެ. ވަގުތުތަކެއް ވެސް ހޭދަވާ ކަމެކެވެ. ވަރަށް މާތް މުހިންމު މަސައްކަތެކެވެ. މި މައުޟޫޢުގެ މުހިންމު ނުކްތާތައް ފާހަގަކޮށްލާނަމެވެ
އިގިރޭސި އިސްތިޢްމާރުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސަޔާޅީސް އަހަރު ފުރުމުގެ މުނާސަބަތުގައި، ބަތާނައިގެ އެންމެހާ ކިއުންތެރިންނަށް ތަހުނިޔާ ދަންނަވަމެވެ. މިފަދަ އިތުރު އިސްތިޢްމާރު ތަކުން އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު ރައްކާތެރި ކުރައްވާށި ! އާމީން
ބޭނުމީ ހަމަ ވެރިކަން


ދިވެހިރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިހާރުގެ ރައީސް ނަޝީދު ނިކުމެވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި 2008 ގެ ރިޔާސީ އިންތިޚާބުގައި %25 ވޯޓު ހޯއްދެވިއެވެ. ދެވަނަބުރުގައި ވަޠަންއެދޭގޮތަށް އިއްތިހާދުގެ ނަމުގައި، އިދިކޮޅު ހުރިހާޕާޓީއެއް އެކުވެގެން ނިކުމެ ރައީސް މައުމޫނުގެ މައްޗަށް ކުރިހޯއްދަވައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހޯއްދެވިއެވެ.

Thursday, July 22, 2010


ވެރިކަން ދިފާޢު ކުރުން

އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ " ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާރުވެސް ވެރިކަމުގައި ހުންނެވީ ހަމަ މުޙައްމަދު ނަޝީދު އެވެ. އެމީހެއްގެ މައްޗަށް ކުށެއްސާބިތުވެފައިނުވާ ސިޔާސީ ލީޑަރަކު ބަންދުކޮށްފައި ހުންނަތާ ދުވަސް ކޮޅެއްވެއްޖެއެވެ. ބަހަނާއަކަށް ދައްކަވަނީ އެބޭފުޅާއަށް ހިމާޔަތް ދެއްވުމެވެ. ނަމަވެސް އެބޭފުޅާ ވިދާޅުވަނީ އެފަދަ ހިމާޔަތެއް ބޭނުންފުޅުނުވާ ކަމުގައެވެ.

Tuesday, July 20, 2010


  ނަމާދު

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ނަމާދު ކުރާ ހުށިކަމެވެ. އެހެންކަމުން އެކަލޭގެ ފާނު ނަމާދު ކުރެއްވި ގޮތް ކުރުގޮތަކަށް ބަޔާން ކޮށްލެވޭތޯ ބަލައިލާނަމެވެ. މާތް ﷲ މިއަޅާ އަށް ތައުފީގް ދެއްވާށި. އާމީން.
ފުރަތަމަކަމަކަށް : ގިބްލަ އަށް ކުރިމަތިލުން
ފަރްޟު ނަމާދެއްނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް ކުރަން ގަސްދުކޮށްފިނަމަ ފުރަތަމަ ކަމަކަށް ގިބްލައަށް ކުރިމަތިލާށެވެ. އެއީ ނަމާދު ގެ ރުކުނެކެވެ. އެޔާއި ނުލާ ނަމާދު ޞައްޙަ ނުވާނެ ކަމެކެވެ. ނަމަވެސް ހަނގުރާމާއިގެ މައިދާނުގައި ނަމާދު ކުރާމީހުން ގިބްލައަށް ކުރިމަތިލާކަށް ނުޖެހެއެވެ. އަދި ބަލިމީހުންނާއި، ކާރު، މަތިންދާބޯޓު ނުވަތަ ދޯނިފަދަ ތަކެތީގައި ދަތުރު ކުރަމުންދާމީހުން ނަމާދު ވަގުތު ގެއްލިދާނެކަމަށް ބިރުގަންފިނަމަ ގިބްލައަށް ކުރިމަތިނުލާ ނަމާދު ކުރުން ހުއްދަވެގެންވެއެވެ.

Monday, July 19, 2010

އެމްޑީޕީގެ ކޮރަޕްޝަން ސިޔާސަތު


މިހާރު ދިވެހިރާއްޖޭގައި އެންމެބާރަށް ދެކެވެނީ ކޮރަޕްޝަން ނައްތާލާ ވާހަކައެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ، މުޅިންވެސް އަޑުއިވެމުން މިދަނީ ރައްޔިތުންގެ މަޖިލީހުން ކޮރަޕްޝަން ނައްތާލާ ވާހަކައެވެ. ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ހުރި ކޮރަޕްޝަނުގެ ވާހަކަ ދައްކާއަޑެއް ނުއިވެއެވެ. ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މިސަރުކާރުގައިވެސް ކޮރަޕްޝަން އެބައޮތެވެ. އެކަމާއި ފިޔަވަޅު އަޅުއްވަނެ ކަމަށްވެސް އެމަނިކުފާނު ވިދާލުވިއެވެ. ނަމަވެސް އަދި އެކަމަށް ޢަމަލީ ސިފައެއް އައިސްފައެއްނެތެވެ.

Sunday, July 18, 2010


ދުނިޔޭގެ އެއްވަނަ ޑިމޮކްރަސީ


ޤައުމެއްގެ ނުވަތަ ރަށެއްގެ މީހުނަށް، ދިވެހި ބަހުގައި ރައްޔިތުންނޭ ކިޔައެވެ. އެތަނެއްގެ ރައްޔިތުންގެ ގިނަބަޔަކު ނުވަތަ ރައްޔިތުންގެ އަޣްލަބިއްޔަތުން ނިންމާ ކަމަކަށް ރައްޔިތުންގެ ނިންމުމޭ ކިޔައެވެ. މިފަދަ ނިންމުމެއް ނިންމުމަށްޓަކައި ދެބައިކުޅައެއްބަޔަށްވުރެން ގިނައަދަދެއްގެ ރައްޔިތުންގެ ތާއީދު ލިބެންޖެހެއެވެ. އެވަރެއްނެތިގެން އަޅުގަނޑުމެން މިއުޅޭ ޑިމޮކްރަސީގެ އުޞޫލަކީވެސް އެއީއެވެ. އަޣްލަބިއްޔަތަށް ބޯލެބުމެވެ.

Friday, July 16, 2010

.


ގަދަބާރުން މެޖޯރިޓީ ހޯދުން


ދިވެހި ސަރުކާރުން މިހާރު އެންމެޖޯޝާއި ފޯރީގައި ކުރަމުންގެންދާ ކަމަކީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކޮރަޕްޝަން ނައްތާލަންކަމަށްބުނެ މުޒާހަރާ ކުރުމާއި ދައުލަތުގެ ތިންބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި ޤާނޫނު ހަދާ ބާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމެވެ. ސަރުކާރުން ހިންގާ މިޙަރަކާތަށް ބަލާއިރު މިއީ ކޮރަޕްޝަނާއި ދެކޮޅަށް ހިންގާ ޙަރަކާތެއްކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ. ސަބަބަކީ ސަރުކާރުގެ އެންމެއެތެރޭގައިވެސް ކޮރަޕްޝަން އެބައޮތްކަމަށް ރައްޔިތުންގެ ވަރަށްގިނަބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ސަރުކާރުން އަބަދުވެސް ވިދާޅުވަމުން ގެންދަނީ ރައްޔިތުންގެ މަޖިލީސް ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާ ވާހަކައެވެ. ސަރުކާރުގެ މިވާހަކައިން ދޭހަވަނީ އެހެނިހެން ދާއިރާތަކުގައި ކޮރަޕްޝަން އޮތުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއްނޫން ކަމެވެ. އަދި މަސްއަލައެއްވެސް ނޫންކަމުގައެވެ.

Thursday, July 15, 2010



ސަރުކާރުގެ ދެބޯގެރި ދުއްވުން

 
އެމްޑީޕީ ވެރިކަމަށް އައިފަހުން އެޕާޓީއަށް މިހާތަނަށް ބޭއްވުނު އެންމެބޮޑު މުޒާހަރާ ބޭއްވިފައިބަނީ 14 ޖުލައި 2010 ގައެވެ. މާލޭގެއިތުރުން ރާއްޖެތެރެއިން ގިނައަދަދެއްގެ މީހުން މާލެގެނެސްގެން ބޭއްވި މިމުޒާހަރާގައި ގާތްގަޑަކަށް ދެހާހާހާއި ތިންހާހާއިދެމެދުގެ އަދަދަކަށް މީހުން ބައިވެރިވިއެވެ. މުޒާހަރާގައި ބައިވެރިމީހުން ގިނަކަމަށް ދެއްކުމުގެ ގޮތުން މުޒާހަރާ އިންތިޒާމުކޮށްފައިއޮތީ ދުރުދުގައި މީހުން ތިބޭގޮތަށްކަން ފާހަގަކޮށްލެވުނެވެ. އެކިގުރޫޕަތަކަށް ބަހާލެވިފައި ތިބިއިރު ދެގުރޫޕުގެ ދެމެދުގައި ވިހިފޫޓު ވަރު އަދި ބައެއްދޭތެރޭގައި ފަންސާސް ފޫޓުވަރުވެސް ހުރިކަން ފާހަގަ ކޮށްލެވުނެވެ. މި " ބޮޑު " މުޒާހަރާ ހިގަމުން ދިޔައިރު، މުޒާހަރާގެ ބައިވެރިން، މާލެތެރޭގެ އަމަންއަމާންކަން ނަގައިލެވޭތޯ މަސައްކަތް ކުރަމުން ދިޔަކަން ފާހަގަ ކޮށްލެވުނެވެ. މިގޮތުން ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ދިރިއުޅުއްވާ ގެކޮޅުތަކުގެ ކައިރީގައި މުޒާހަރާ ކޮށްފައިވެއެވެ.

Tuesday, July 13, 2010


  ހަމަބުއްދި ފިލައިފިލާ ހުންނެވިނަމަ

 
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި، ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާމީހެއްގައި ހުންނަންވީ ޝަރުޠުތައް ބަޔާންކޮށްފައިވާ މާއްދާ (109) ގެ ( ރ ) ގައި ވަނީ " ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން " މިހެންނެވެ. ދިވެހި ބަހުގައި އެއްޗެއް ހަމައަށް ހުރުން ކަމަށް ބުނެއުޅެނީ އެއްޗެއް ހުންނަންވާ ވަރަށް، އެއްވެސް ކަހަލަ އުނިކަމެއް ނައިސް ހުންނަހުރުމަށެވެ. ވީއިރު ހަމަބުއްދި ފިލާހުންނެވިކަމަށްވާނަމަ އެހާލަތުގައި އެބޭފުޅެއްގެ ހަމަބުއްދިން ބައެއްނަމަވެސް އުނިވާނެއެވެ. ބުއްދި ހަމަނުވާ މީހުނަށް ދިވެހިން ކިޔައިއުޅެނީ " މޮޔައިން " ނެވެ.

Sunday, July 11, 2010



އެމްޑީޕީ ލިއުމުންހެދި ދޮގުތަކުން ކުޑަމިންވަރެއް

 
ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ގާއިމުކޮށްދީ، ޠާހިރު ދިރިއުޅުމެއް ހޯދައި ދޭނެ ކަމުގެ ދޮގުޥަޢުދު ތަކާއިއެކު އެމްޑީޕީ ވެރިކަމަށް އައިތާ 19 މަސްދުވަސް ވެއްޖެއެވެ. ރައްޔިތުމީހާ އަދިވެސް ދިރިއުޅެނީ ދަތިހާލުގައެވެ. ނުކުރާނެކަމަށް ޥަޢުދުވި ހުރިހާކަމެއް މިދަނީ ކުރަމުންނެވެ. އެފަދަ ކަންތައްތަކުގެ ތެރެއިން ނުކުރެވިހުރި ކަންތައްތައް ކުރުމަށްޓަކައި ސަރުކާރުގެ ވެރިންތިބީ އަރުވައި ޖަހައިގެންނެވެ. ސަރުކާރުގެ ހުރިހާވިސްނުމެއްހުރީ ޔަހޫދީންނާއި ނަޞާރާއިންގެ ރުހުން ލިބޭނެހުރިހާކަމެއް، ކުރާގޮތަށެވެ.

Thursday, July 8, 2010



ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް 

ދިވެހިރާއްޖޭގެ ސިޔާސީ މާހައުލަށް އައި ހަލަބޮލިކަން ނިމުމަކަށް އަތުވެއްޖެ ކަމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންމެބާރަށް ދެކެވުނު ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ލިބެމުންނުދާ ވާހަކައާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތާއި ޚިޔާނާތުގެ އޮއިވަރެއްގައި ޖެހިފައިވާ ވާހަކައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ވަޒީރުންގެ މަޖިލިސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮރަޕްޝަނާއި ޚިޔާނާތް ނައްތާލާފައި ނޫނީ ހުއްޓާނުލާނެ ކަމަށްބުނެ އެއމްޑީޕީން ވަނީ ސިލްސިލާ މުޒާހަރާ ތަކެއްވެސް ފައްޓާފައެވެ.

Tuesday, July 6, 2010

އެމްޑީޕީއަށް މެމްބަރުން ވެއްދުމަށްޓަކައި އުފެއްދި ކޮމިޝަން

" ނާލާފުށީ ފަޤީރު ގަނެގެންއުޅުނު ގެރިއަކީ އެހެންމީހެއްގެ ގެރިއެއް ކަމަށްހަދައިގެން އެމީހާ އެގެރި ގެންގޮސްފިއެވެ. މިގެރި އެމީހާ އަތުލައިގަތީ މަގުމަތީންނެވެ. ފަޤީރު، އެގެރީގައި ހުރި ފާހަގަ ދެއްކީމާވެސް ޤަބޫލެއް ނުކުރިއެވެ.

Monday, July 5, 2010

ރައީސް ނަޝީދު ސަރުކާރުގެ ހަންފެތުރުން


ދިވެހިސަރުކާރުން މިހާރު އެންމެބޮޑު ސަމާލުކަމެއްދެނީ އިދިކޮޅު ފަރާތްތަކުގެ އަގުވައްޓާލުމަށްޓަކައި ހަން ފެތުރުމެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެއެވެ. މިކަމަށް ވަނީ ދެލައްކަ ދިވެހި ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. އެމްޑީޕީގެ އަމިއްލަ ފައިދާއަށްޓަކައެވެ. ޤައުމު، އިޤްތިޞާދީ ޚާއްޞަ ހާލަތެއްގައި އޮތްވައެވެ.

Saturday, July 3, 2010

މައުމޫނުގެ ރެކޯޑު އަންނި މުގުރާލައިފި


މައުމޫނަކީ މިޤައުމުދުށް އެންމެ ޚުދުމުޚުތާރު ވެރިޔާކަމުގައި ބެލެވުނު ދުވަސްތަކުގައި ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ. ތިމާވެށީގެ ބައްޕަގެ ނަން މައުމޫނުއަތުން ނިގުޅައިގަނެ، އަންނިއަށް ލިބިދިން ފަދައިން ޚުދުމުޚުތާރު ކަމުގެ ލަގަބުވެސް މިވަނީ މައުމޫނު އަތުން ނިގުޅައިގަނެވިފައެވެ. ތިމާވެށީގެ ލަގަބު ފަދައިން މިލަގަބުވެސް ލިބެނީ ޒުވާން ރައީސް އަލްއަޚު މުޙައްމަދު ނަޝީދު އަށެވެ.

Friday, July 2, 2010

މިއުޒިކު



الحمد لله وحده، والصلاة والسلام على من لا نبي بعده.
ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ) (النحل:116) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ