Friday, June 25, 2010

ސިޔާސީޕާޓީތަކަށް މެމްބަރުން ވެއްދުން



ދިވެހިރާއްޖޭގެ އެންމެމީހުންގިނަ ސިޔާސީޕާޓީއަކީ ތިމަންނަމެންޕާޓީ ކަމުގެ ދައުވާއަކީ މިހާރަކަށްއައިސް ރާއްޖޭގެ އެންމެބޮޑު ދެޕާޓީން އަބަދުވެސް ކުރަމުން އަންނަދައުވާ އެކެވެ. މިރޭހުގައި ދެޕާޓީވެސް ވަނީ މެކުހަށް ޖަހާފައެވެ. "ދިވެހިރާއްޖޭގެ އެންމެމީހުން ގިނަ ސިޔާސީޕާޓީއަށް ވުމުގެ ފަޚުރު” މިހެން މިހެން ލިޔެފައިވާ ފޮތިގަނޑުތައް އަބަދުވެސް ބޮޑުދެޕާޓީގެ މައި ޖަގަހައިން ފެންނަން ހުރެއެވެ. ދެޕާޓީންކުރެ ކުރީގައި އުޅޭބައައެއް ރައްޔިތުމީހާއަށް އޮޅޭހިސާބަށް ކަންތައްތައް އޮތީ ގޮސްފައެވެ

Tuesday, June 15, 2010

އަންހެނުންކޮޅެއްގެދަށުވެ ރައީސް ނަޝީދު ފިތެނީ


މިހާރު އެންމެގިނައިން އިވޭއެއްއަޑަކީ ދިނީދަރުސްތަކުގައި، އިސްލާމްދީނުގެ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކުގައި އަންހެނުން ހިތްހަމަނުޖެހޭވާހަކަފުޅުތައް ދައްކަވާ ވާހަކައެވެ. މިއީ ވަރަށް ހެއްވާ އަޑުތަކެކެވެ. ސަބަބަކީ ދީނުގެ ވާހަކަތައް ދެއްކުމުގައި ބަލަންޖެހެނީ މާތްﷲ ބާވައިލެއްވި ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައެހި ވަސަލަމްގެ ސުއްނަތަށެވެ. ފަހަރެއްގައިވެސް މާތްﷲ ހެއްދެވި މަޚްލޫޤުން ތަކެއްގެ ރުހުމަކަށްނޫނެވެ. އަދި މާތްﷲއަށް އުރެދޭ ބައެއްގެއުރެދުން ދިފާޢުކޮށްދޭކަށްވެސް ނޫނެވެ.