ދިވެހިންނަށްވެސް މުޞްޠަފާއެއްގެ އުނދަގުލެވެ.
އެކަމަކު އަތާތުރުކެއްނޫނެވެ. ލުޠުފީއެވެ.
11 ނޮވެމްބަރު 2008 ވީއަންގަރަ ދުވަސް ވެގެންދިޔައީ ބަދަލަކަށް، ހެޔޮބަދަލަކަށް އެދިގެން މަސައްކަތްކުރަމުންދިޔަ އެތަކެއްދިވެހިންނަށް އައި ޢީދަކަށެވެ. ތިރީސްއަހަރުވީ ދިގުވެރިކަމެއްގެ ނިމުން ދިވެހިންފާހަގަކުރީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. ދިވެހިރާއްޖޭގެ ތިންވަނަ ރައީސް އަލްއަޚް މުޙައްމަދު ނަޝީދު, ދިވެހިންބަލައިގަތީ އެދީނަކަށް ދިވެހިން ތަބާވެގެންތިބި އިސްލާމްދީނަށާއި ދިވެހިޤައުމަށް އިޚްލާޞްތެރި ވެވަޑައިގެން، ދިވެހިންނާއިގެން އަމާންބަދަރަކަށް ވަޑައިގަންނަވާނެ ރަނގަޅު މާލިމީއެއްގެ ގޮތުގައެވެ. މިއުއްމީދުގައި ރައީސް ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަން އެންމެބުރަކޮށް މަސައްކަތް ކުރި އެއްބަޔަކީ، ރައީސް މައުމޫންގެ ދީނީ ސިޔާސަތާއިމެދު ހިތްހަމަނުޖެހިފައިތިބި، އިސްލާމްދީނަށް ލޯބިކުރާ ދިވެހިންނާއި، ދިވެހިރާއްޖޭގައިތިބި އިސްލާމްދީނުގެ ޢިލްމުވެރިންނެވެ.